ޖިނާއީ މައްސަލަތައް ބަލަމުންނުދާތީ ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދަށް ފިޔަވަޅު އަޅައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އިން މިއަދު ބުނީ އަލީ އަހުމަދު، ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ.
އަލީ އަހުމަދު ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވުމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންވެ ޖޭއެސްސީގެ ގާނޫނުގެ ދަށުން ކަމާގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށް އަލީ އަހުމަދަށް އެންގުމަށް މިމަހުގެ އެއްވަނަ ދުވަހު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފައެވެ. އެގޮތުން ޖޭއެސްސީން ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު، ޖިނާއީ މައްސަލަތައް ނުބަލާތީ ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު 14 ދުވަހަށް ސަސްޕެންޑު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު