ގއ ގެމަނަފުށީގައި ފީނަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ. ހޯނޑެއްދޫ މީހެކެވެ.

ފުލުހުން މިރޭ ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގެމަނަފުށްޓަށް ވަންނަން އައި ލޯންޗެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 45 އަަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.