ރާއްޖެއަށް އަންނަ އަހަރު ބޭރުގެ ގައުމުތަކުގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބޭނީ އިންޑިއާއިން ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ރަހުމަތްތެރި ގައުމުތަކުން ހިިލޭ އެހީގެ ގޮތުގައި ޖުމްލަ 223 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާ އިންނެވެ. އެގޮތުން އެގައުމުން 176 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
- ޖަޕާން: 8.9 މިލިއަން ރުފިޔާ
- ޕާކިސްތާން: 1.7 މިލިއަން ރުފިޔާ
- ސައުދީ އަރަބިއްޔާ: 2.8 މިލިއަން ރުފިޔާ
- އޮމާން: 26 މިލިއަން ރުފިޔާ
- އިޓަލީ: 1 މިލިއަން ރުފިޔާ
- ނެދަލޭންޑްސް: 26 މިލިއަން ރުފިޔާ
މީގެ އިތުރުން ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކާއި ޖަމިއްޔާތަކުން ހިލޭ އެހީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ އެކިއެކި ފަރާތްކަކާއި އޭޑީބީންނެވެ.
ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި ލޯނުގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން 8.3 ބިލިއަން ރުފިޔާ ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު