އިންޑިއާއިން އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 176 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 1.2 ބިލިޔަން ރުފިޔާއެވެ. އެއީ ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 223 މިލިއަން ރުފިޔާ އާއި އެކިއެކި ޖަމާއަތްތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އެއް ބިލިއަން ރުފިޔާއެވެ.
ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އެހީގެ ތެރެއިން އިންޑިއާއިން ދޭނެ ކަމަށް ލަފާކޮށްފައިވާ 176.6 މިލިޔަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި އެއް ގައުމަކުން ލިބޭނެ އެންމެ ގިނަ ފައިސާއެވެ.
ދެވަނައަށް އެންމެ ގިނަ ބޮޑު އެހީއެއް ދޭން ނިންމާފައިވަނީ ނަދަލަންޑްސް އިންނެވެ. އެ ގައުމުން 26 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހިލޭ އެހީގެ އަދަދުތައް:
- އިންޑިއާ: 176 މިލިއަން ރުފިޔާ
- ޖަޕާން: 8.9 މިލިއަން ރުފިޔާ
- ޕާކިސްތާން: 1.7 މިލިއަން ރުފިޔާ
- ސައުދީ އަރަބިއާ: 2.8 މިލިއަން ރުފިޔާ
- ނެދަލެންޑްސް: 26 މިލިއަން ރުފިޔާ
- އިޓަލީ: 1 މިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ޖަމާއަތްތަކުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ ތެރެއިން ދެން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައި އޮތީ ވޯލްޑް ބޭންކުންނެވެ.
އެ އިދާރާއިން 142.2 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 99.5 މިލިއަން ރުފިޔާގެ އެހީގެ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު