ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ލީޑިން ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
މި އަހަރު ބާއްވާ 30 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީ ރާއްޖޭން ވަނީ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުގެ އިތުރުން ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑާއި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑްވެސް ހޯދައިފައެވެ.
މި އަހަރު ލިބުނު އެވޯޑް ތަކާއެކު އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ވަނީ ޖެހިޖެހިގެން 11ވަނަ ފަހަރު ލިބިފައެވެ. އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ވަނީ ޖެހިޖެހިގެން އަށްވަނަ ފަހަރު ލިބިފައެވެ.
މިއަހަރުގެ އިންޑިއާ ކަނޑުގެ ކެޓަގަރީގައި ރާއްޖެ ވަނީ އެވޯޑް ލިބުނު ތިން ކެޓަގަރީގެ އިތުރުން ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ. އެއީ ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންއެވެ.
"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ވޯޓު ދިނުން ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު