ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ވިނީޝިއަސް ރެއާލްގެ އެއްބަސްވުން އާކޮށްފައި ވަނީ 2027 ވަނަ އަހަރާ ހަމައަށެވެ. ވިނީޝިއަސް އެއްބަސްވުން އާކުރީ އަންނަ އަހަރުގެ ޖޫން މަހަށް އެއްބަސްވުން ހަމަވާން އޮއްވައެވެ. އެއްބަސްވުން އާކޮށް ވިނީޝިއަސް ބުނީ ރެއާލް އާއެކު މިހާތަނަށް ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށާއި އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.
ވިނީޝިއަސް ރެއާލްއަށް ސޮއިކުރީ އުމުރުން 18 އަހަރުގައެވެ. އޭނާ ރެއާލްއާ ގުޅުނީ ފްލެމިންގޯއިން 2018 ވަނަ އަހަރެވެ. އެއީ 38 މިލިއަން ޕައުންޑްގެ އަގަކަށެވެ.
މިހާތަނަށް ރެއާލް ޖާޒީގައި 235 މެޗު ކުޅެ، 63 ގޯލު ވިނީޝިއަސް ޖަހާފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ނުވަ ޓްރޮފީއެއް ހޯދައިފައެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.
އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ރެއާލްއިން އާކުރި ވިނީޝިއަސްގެ އެއްބަސްވުމުގައި ރިލީސް ފީއެއް ހިމަނާފައިވެއެވެ. އެއީ އެއް ބިލިއަން ޕައުންޑެވެ. އެ ރިލީސް ފީ އާއެކު ރެއާލްގެ އެއްބަސްވުމުގައި ހުރެ، ވިނީޝިއަސް އެހެން ކްލަބަކަށް ދިޔުން އެއީ ވަރަށް ދުރު ކަމެކެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް