ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނު މެސެޖެއްގައި މިއަދު ބުނީ އޭނާއަށް ހަމަލާދީ، މާރާމާރީ ހިންގައި، މަރުގެ އިންޒާރު ދިން މައްސަލަ ރޭ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މޫކޭއަށް އިންޒާރު ދިނުމާ ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އިންޒާރު ދިނީ އޭނާގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް ކަމަށެވެ. އަދި އަވަގުރާނަށް ގޮވާފައިވާ ކަމަށާއި، ދަރިފުޅާއި އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށެވެ.

އެ ޕޯސްޓާއެކު އޭނާއަށް އިންޒާރު ދިން މީހާ ކަމަށް ބުނެ ފޮޓޯއެއްވެސް ހިއްސާކުރައްވާފައި ވެއެވެ.