އިސްރާއީލުގެ ފަތުރުވެރިން، އއ. މަތިވެރިއަށް އެރުން މަނާކޮށްދިނުމަށް އެދި ގަރާރެއް ނެރެފިއެވެ.
މަތިވެރި ކައުންސިލުން އިއްޔެ ނެރުނު މިގަރާރުގައި ވަނީ، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ފަތުރުވެރިން އެ ރަށަށް އެރުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ އިދާރާތަކަށް ގޮވާލާފައެވެ.
މި ގަރާރުގައި ވަނީ، ފަލަސްތީނުގެ ބިން ފޭރިގެންފައިވާ ޔަހޫދީ އިސްތިއުމާރީން، މަތިވެރިއަށް އެރުމުގެ ހުއްދަ ނެތްކަމަށް ބުނެފައެވެ. އެގޮތުން މަތިވެރިއަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން "އިސްރާއީލް" ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެނައުމަށް ވަނީ އެދިފައެވެ. ފަތުރުވެރިންގެ ގޮތުގައި ނުވަތަ އެހެންވެސް ބޭނުމަކު ރާއްޖެއަށް "އިސްރާއީލް" ގެ ޕާސްޕޯޓުގައި ތިބި އެއްވެސް މީހަކު އެތެރެވުން ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަތިވެރި ރައްޔިތުންގެ ނަމުގައި ވަނީ ގޮވާލައިފައެވެ.
މި ގަރާރުގައި އިތުރަށް ބުނެފައި ވަނީ އެ ގޮތަށް ކަން ނުކޮށްފި ނަމަ އެ ރަށުގެ އަމާންކަމާއި ސަލާމަތަށްވެސް ނުރައްކަލާ ކުރިމަތިލަން ޖެހިދާނެ ކަމަށެވެ. އަދި މުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ، މުސްލިމު އަހުންނާއި އުހުތުން ތަކަކަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ސަބަބުން، އިސްރާއީލް މީހުންނަށް މަތިވެރިން މަރުހަބާ ކިޔެން ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ރަށުގެ ވެށިން އަމާންކަމާއި ހިޔާވަހިކަން އިސްރާއީލުގެ ޕާސްޕޯޓު އޮތް އެއްވެސް ފަތުރުވެރިޔަކަށް ދޭން ބޭނުން ނުވާ ކަމުގައިވެސް ގަރާރުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު