މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 28ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،505،366 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މި މަހުގެ 28ގެ ނިޔަލަށް ރާއްޖެއަށް ވަނީ 144،318 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ 172،472 ފަތުރުވެރިންނެވެ.
ރިޕޯޓުގައިވާ ގޮތުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މި މަހުގެ މިހާތަނަށް އެގައުމުން ރާއްޖެއަށް 163،513 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ކުރިން އެ ލިސްޓުގެ ދެވަނައިގައި އޮތީ ޗައިނާއެވެ.
ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު