ލިވަޕޫލްގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ، އުފަން ގައުމުގައި ކިޑްނެޕް ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ކިޑްނެޕް ކޮށްފައި ވަނީ ކޮލަމްބިއާގެ ލަ ގުއާޖީރާގެ ބަރަންކާސްގަ އެވެ. އެވަގުތުން ފެށިގެން ކޮލަމްބިއާ ފުލުހުން، ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ހޯދަން މަސައްކަތް ފަށާފައިވާ އިރު، މިހާރު ވަނީ އެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ލުއިސް ޑިއާޒްގެ މަންމަ، ސިލެނިސް މަރުލަންޑާ މިނިވަން ކޮށް، ދޫކޮށްލައިފައެވެ. އެކަން ވަނީ ކޮލަމްބިއާގެ މީޑިއާތަކުން ޔަގީންކޮށްދީފައެވެ. މިހާރު ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ލުއިސް ޑިއާޒްގެ ބައްޕަ މިނިވަން ކުރުވުމަށެވެ.
ކޮލަމްބިއާ ގައުމީ ޓީމުގެ ފޯވަޑް ލުއިސް ޑިއާޒް، ލިވަޕޫލަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ޕޯޓޯއަށް ކުޅެފައިވާ އިރު، ކެރިއަރު ފެށީ ކޮލަމްބިއާގެ ބަރަންގުއޭލާއިންނެވެ. އަދި އެތުލެޓިކޯ ޖޫނިއާ އެކަޑެމީގައިވެސް ދުވަސްތަކެއް ހޭދަކުރިއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު