ޖާސޫސު ކުރި ކަމުގެ ކުށުގައި އިންޑިއާގެ 8 މީހަކު މެރުމަށް ގަތަރުން ހުކުމްކޮށްފިއެވެ.

ގަތަރުން މެރުމަށް ހުކުމް ކޮށްފައިވާ އިންޑިއާގެ 8 މީހުންނަކީ ގަތަރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމަށް އޮފިޝަލުން ބުނެއެވެ.މި 8 މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރު ގަތަރުގެ މިލިޓަރީ ސަބްމެރިން ޕްރޮގްރާމެއްގެ މައުލޫމާތު ހޯދުމަށް ޖާސޫސު ކުރުމުގެ ކުށުގައެވެ.

އިންޑިއާއިން ވަނީ އެގައުމުގެ 8 މީހަކު މެރުމަށް ހުކުމް ކުރުމާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނުގައި ބުނީ މިއީ އެ ގައުމަށް ލިބިގެން ދިޔަށް ޝޮކެއް ކަމަށާއި ގަތަރު ސަރުކާރުގެ އިސްފަރާތްތަކާއެކު މިކަމުގައި މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ.

އިންޑިއާއިން ނެރުނު ބަޔާނުގައި ވަނީ އެ 8 މީހުންގެ އާއިލާ އާއި ލޯޔަރުންގެ ޓީމު ގުޅިގެން މިކަމުގައި ގާނޫނީ ގޮތުން ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހޯދަމުން ގެންދާކަން ވެސް ފާހަގަކޮށްފައެވެ.

ގަތަރުން މެރުމަށް ހުކުމް ކޮށްފައިވާ 8 މީހުންނަކީ ކުރިން އިންޑިއާގެ ނޭވީގައި މަސައްކަތް ކުރި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.