ކުޑަކުއްޖަކަށް އަނިޔާކުރި އިންޑިއާ އަންހެނަކު ހައްޔަރުކޮށްފިއެވެ،
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސަންދީޕް ކޯރު 22އ އެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުގައި، އޭނާ އަނިޔާކޮށްފައިވަނީ އޭނާ ބަލަހައްޓާ ކުޑަކުއްޖެއްގެ ގައިގައެވެ. އަދި އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ހެކި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ބަޔާންތަކާއި ވީޑިއޯ އިން ކުއްޖާ ގައިގައި ޖެހި ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު