ސަރުކާރުން އައްޑޫގައި ގާއިމުކުރާ 200 ހައުސިންގް ޔުނިޓްގެ މަސައްކަތުގެ ބިިން ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ، މި މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ޕީޓީ ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ، މި ފްލެޓްތައް ހެދުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި އޮތް ހުސް ބިމެއްގައި ކަމަށެވެ. މި ހައުސިންގް ޔުނިޓްތަކަކީ 10 ބުރީގެ ދެ ޓަވަރު ހިމެނޭ ހައުންސިން ޔުނިޓްތަކެއް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ގޮތަށް ހެދުމަށް ނިންމާފައިވާ ހައުސިންގް ޔުނިޓްތަކެއް ކަމަށާއި ވިޔަފާރިކުރަން ޖާގަ ދިނުމަށް ނިންމާފައިވާ ވާނެ ކަމަށާއި އަދި ހައުސިންގް ޔުނިޓްތައް ވަށައިގެންވާ ސަރަހައްދުތަކުގައި ޕާކަކާއި ހުސްޖާގަ އޮންނާނެ ކަމަށެވެ.
މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކު ތެރެއިން، އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި މަޝްރޫއަކީ، ޕީއެސްއައިޕީ މަޝްރޫއުކެވެ. ސަރުކާރުގެ ބަޖެޓުން 214،852،500.00 (ދުއިސައްތަ ސާދަ މިލިޔަން އައްލައްކަ ފަންސާސްދެހާސް ފަސްސަތޭކަ) ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު