ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

އެކަން އިއުލާން ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީންގެ ރައްޔިތުން، އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެ ކަމަށެވެ.

ފަލަސްތީންގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި މިހާތަނަށް ފަަލަސްތީންގެ 5،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ގާޒާއަށް ފެނާއި ކާބޯތަކެއްޗާއި ތެޔޮ ވެއްދުން އިޒްރޭލުން މަނާކޮށްފައިވާތީ، އެ ތަނުގައި އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ.