(16 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ހަމަކަށަވަރުން، اللّـــه އީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދީންނޭ ބުނި މީހުންގެ ބުނުން، اللّـــه އައްސަވައި ވޮޑިގެންފިކަން ކަށަވަރެވެ." (آل عـمـــــران: 181)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"ޔަހޫދީން ބުނޫއެވެ. اللّـــه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللّـــه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) (المـــــائـــدة: 64)
"ބަސްތައް ހުންނާންވީ ތަންތަން ބަދަލުކޮށް، އޮޅުވާ މީހުން ޔަހޫދީންގެ ތެރެއިން ވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭ މީހެއްގެ ގޮތުގައި (ހުންނަވައިގެން އަޑު) އައްސަވާށޭ އަދި، ތިމަންމެންނަށް ބައްލަވާށޭ އެއުރެން ބުނެއެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވައިލުމުގެ ގޮތުންނެވެ." (ســـــورة الـنّسـاء: 46)
"ފަހެ އެއުރެންގެ ޢަހްދު އުވައިލައި، އަދި އެއުރެން اللّـــه ގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކާނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކޭ ބުނެއުޅުމުގެ ސަބަބުން (ތިމަންރަސްކަލާނގެ) އެއުރެންނަށް ލަޢުނަތް ލެއްވީމެވެ.)" (الـنّسـاء: 155)
މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللّـــه ގެ ފޮތުގައިވާގޮތަށް، ޙުކުމް ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟" (آل عـمـــــران: 23)
އަރަހުށި މާތް اللّـــه ޔަހޫދީންގެ ޠަބީޢަތުގައިވާ ޢަހްދު އުވައިލުމާ ގުޅޭގޮތުން ވަޙީކުރައްވައިފައިވެއެވެ.
"އިސްރާއީލުގެ ދަރީންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللّـــه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލު، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ (ޢަހްދު ފުއްދުމަށް) ފުރަގަސްދިނީއެވެ." (الــبـقــــــرة: 83)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"އެއުރެން ޢަހްދެއްކުރާ ކޮންމެ ހިނދަކު، އޭގެތެރެއިން ބަޔަކު އެ ޢަހްދު އެއްލައިލަނީހެއްޔެވެ؟ އަދި ކިއެއްތަ! އޭގެ ގިނަމީހުން އީމާނެއް ނުވެތެވެ." (الــبـقــــــرة: 100)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ ޢަހްދުކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން، އެއުރެންގެ ޢަހްދު އުވާލައެވެ. އަދި އެއުރެން (اللّـــه އަށް) ބިރުވެތިވާކަމުގައި ނުވެއެވެ." (ســورة الأنــفـــال: 56)
ޔަހޫދީންގެ މިނުބައި ޢަމަލާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ.
"ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللّـــه ގެ ޙަޟުރަތުން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއުރެން އެކަން ކުރަނީ) ކުޑަ އަގަކަށް އެއުރެން ލިޔުނު ތަކެތި ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތީންވެސް އެއުރެންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ." (الــبـقــــــرة: 79)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"އެއީ ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން، ފޮތުން ކިޔައިދޭ ބަޔަކު، އެއުރެންގެ ތެރެއިންވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައި ނުވާގޮތުގައެވެ. އަދި، އެއީ اللّـــه ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، اللّـــه ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަމުގައިނުވާ ޙާލުގައެވެ. އަދި، އެއުރެން ދެނެތިބެ اللّـــه އާމެދު ދޮގުބަސްތައް ބުނަނީއެވެ." (آل عـمـــــران: 78)
ޔަހޫދީންގެ ނުކިޔަމަންތެރިކަމާއި ބޯހަރުކަން ބަޔާންކޮށްދެއްވުމުގެގޮތުން ވަޙީކުރައްވައިފައިވެއެވެ.
"އަދި އޭ مـــوســى ގެފާނެވެ! ފާޅުގައި އަހަރެމެން اللّـــه ދެކެފުމަށް ދާންދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނުއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ." (الــبـقــــــرة: 55)
ކީރިތި ޤުރްއާނުގައި ޔަހޫދީންގެ ކިބުރުވެރިކަން ބަޔާންކޮށްދެއްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
"ފަހެ، ތިޔަބައިމީހުންގެ ނަފުސުތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އޭގެ ބައެއް ރަސޫލުން ދޮގުކުޅައީމުއެވެ. އަނެއްބައި ރަސޫލުން ޤަތުލު ކުޅައީމުއެވެ. (الــبـقــــــرة: 87)
ޔަހޫދީންނަކީ ޚުދު އެބައިމީހުން ފިޔަވައި އެހެން އެންމެހައި އިންސާނުންނާމެދު ނުހަނު ހަސަދަވެރި ބައެކެވެ. ޚާއްޞަކޮށް މުސްލިމުންނާމެދު އެބައިމީހުންގެ ހަސަދަވެރިކަން ވަކީން ބޮޑެވެ. އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ފޮތުގެ އަހުލުވެރީންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް ޙައްޤު ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލަޔަށް ހަސަދަވެރިވެގެން ތިޔަބައިމީހުން އީމާންވުމަށްފަހު އަލުން އަނބުރާ ކާފިރުކަމަށް ރުޖޫޢަ ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނޫއެވެ." (الــبـقــــــرة: 109)
މިއީ، ޔަހޫދީންގެ ވަރަށް ޢާންމު ސިފައެކެވެ. ކުޑަވެސް ފަސްޖެހުމެއް، ލަދެއް ޙަޔާތެއްނެތި ކުރަމުންއަންނަ ކަމެކެވެ. މާތް اللّـــه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލު އޮޅުވައިނުލާށެވެ!
އަދި ތިޔަބައިމީހުން ދެނެތިބި ޙާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!" (الــبـقــــــرة: 42)
ޔަހޫދީންގެ މި ހުތުރު ސިފަޔާމެދު ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"ފޮތުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުނޫއެވެ. އީމާންވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން އީމާންވާށެވެ. ދެން އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެއަށް ކާފިރުވާށެވެ. އެއީ، އެއުރެން (އެބަހީ: މުއުމިނުން އެއުރެންގެ ދީނަށް) އެނބުރި ރުޖޫޢަވޭތޯއެވެ! އަދި (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ ދީނަށް ތަބަޢަވި މީހަކަށް މެނުވީ، ތިޔަބައިމީހުން އީމާން ނުވާށެވެ!" (آل عـمـــــران: 73، 72)
އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، ޝައިޠާނާއަށް އީމާންވެއެވެ. އަދި، ކާފިރުވި މީހުންނަށް، އެއުރެން ބުނެތެވެ. އީމާންވެގެންތިބި މީހުންނަށްވުރެ މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ." (الـنّسـاء: 51)
ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"ޔަހޫދީން ކަމުގައިވީ މީހުންނަށް ޙަލާލު ކުރައްވައިފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللّـــه ގެ މަގަށް ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވައިފައިވާ ޙާލުގައި އެއުރެން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ." (الـنّسـاء: 161-160)
ޔަހޫދީންގެ ނުބައި ޚަޞީލަތްތަކުގެ ތެރޭގައި އެބައިމީހުން ނުބައި ކަންތައް މަނާނުކުރާކަންވެސް ހިމެނެއެވެ. އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އިސްރާއީލުގެ ދަރީންގެ ތެރެއިން، ކާފިރުވި މީހުންނަށް داؤد ގެފާނާއި، مـــــريـــم ގެފާނުގެ ދަރިކަލުން عـيســـى ގެފާނުގެ ދޫފުޅުމަތީން ލަޢުނަތް ލައްވައިފައިވެއެވެ. އެއީ އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!" (المـــــائـــدة: 79، 78)
ޔަހޫދީންނަކީ ކާފަރުންގެ ރަޙްމަތްތެރީންނެވެ. މާތް اللّـــه ވަޙީކުރައްވަނީ މިފަދައިންނެވެ.
"އޭގެތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެންގެ ނަފުސުތައް، އެއުރެންނަށްޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ اللّـــه، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ ޢަޛާބުގެ ތެރޭގައި އަބަދަށް ދެމިތިބޭނޭ ބަޔަކު ކަމުގައިވުމެވެ." (المـــــائـــدة: 80)
(ނުނިމޭ)
ދީން
ދީން
ދީން
ދީން