އެމެރިކާ ރައްޔިތުން އިރާގަށް ދަތުރު ނުކުރުމަށް އަންގައިފިއެވެ.
ޔޫ އެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދާދި ފަހުން އިރާގުގައި އެމެރިކާގެ ސިފައިންގެ މީހެއްގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ރައްޔަތަކަށް ދާދި ފަހުން ދިން ހަމަލާގެ ސަބަބުން އެމެރިކާ މީހުން އިރާގަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.
އެެމެރިކާއިން ނެރެފައި ބަޔާނުގައި ވާގޮތުން އިރާގުގައި ޓެރަރިޒަމްގެ އަމަލުތަކާއި ކިޑްނެޕް ކުރުމާއި ހަތިޔާރު ގެންގުޅުން އިތުރުވެ އެ ގައުމުގެ އެތެރޭގެ ހަމަނުޖެހުން އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ޔޫ އެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިރާގުގައި ހަރަކާތްތެރިވާ އެ ގައުމުގެ ރައްޔިތުން ރައްކާތެރިކަމާއެކު ގައުމުން ނިކުތުމަށް އެދިފައެވެ.
އިސްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވުމުން މެދުއިރުމަތީގެ ރައްކާތެރިކަމަށް ކަމަށް ބުނެ އެމެރިކާއިން ވަނީ ބޮޑު ދެމަނަވަރާއި 2000 ސިފައިންގެ ފައުޖެއްވެސް ފޮނުވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ