ފަލަސްތީނުގެ ހާލަތާ ގުޅޭ ގޮތުން ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންއާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން މަޝްވަރާ ކުރައްވައިފިއެެވެ.
ތުރުކީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފޯނު ކޯލުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނަށް އެހީތެރިވުމަށް ތުކުރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.
އެ ފޯނު ކޯލުގައި ތުރުކީގެ ރައީސް އުރުދުއާން ވަނީ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި މަޝްވަރާތައް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު