ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މުއިއްޒު އެގޮތަށް އެދިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީގައި ހިނގި ސިލިންޑަރު ގޮވުމުގެ ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނިކޮށް މިއަދު ހދ. މަކުނުދޫގައި ހިނގި ގޭސް ސިލިންޑަރެއް ގޮވުމުގެ ހާދިސާގައި ދެ މީހަކު މަރުވުމުން ނެރުއްވި ބަޔާނެއްގައެވެ.
މުއިއްޒު ވިދާޅުވީ، އެ ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައި ކަމުން އެފަދަ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރަންޖެހޭ ކަމަށެވެ.
"މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މި ފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަމެވެ،" މުއިއްޒުގެ ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު