ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން މެދުކަނޑާލި ބެލްޖިއަމާއި ސްވިޑެން ވާދަކުރި ޔޫރޯ ކޮލިފިކޭޝަންގެ މެޗު އަލުން ނުކުޅުމަށް ޔޫއެފާއިން ނިންމައިފިއެވެ.
ބްރަސެލްސްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާއެއްގައި ސްވިޑެންގެ ދެ ސަޕޯޓަރަކު ވަނީ މަރުވެފައެވެ. މެޗުގެ ގަޑިއިރެއްހާއިރު ކުރިން ދިން އެ ހަމަލާގެ މައުލޫމާތު ސްވިޑެން ޓީމަށް ލިބިފައިވަނީ ފުރަތަމަ ހާފު ނިންމާލި ފަހުންނެވެ. އެ ހަބަރާއެކު ސްވިޑެން ކުޅުންތެރިން މެޗު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ރެފްރީ ވަނީ މެޗު ހުއްޓާލައިފައެވެ.
ފުރަތަމަ ހާފު ނިމުނު އިރު، މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ. އެމެޗުގެ ކުރިންވެސް ބެލްޖިއަމް އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވެފައި އޮތް އިރު، ސްވިޑެންއަށް ފުރުސަތެއް ނެތެވެ. އެހެންކަމުން އެމެޗު އަލުން ކުޅުމާމެދު އޭރުވެސް އޮތީ ސުވާލުތަކެއް އުފެދިފައެވެ.
ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެޗު މެދުކަނޑާލި އިރު އޮތް 1-1 ގެ ނަތީޖާއަކީ މެޗުގެ ނަތީޖާ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެޓީމަށްވެސް، ކޮންމެ ޓީމަކަށް ޕޮއިންޓެއް ޔޫއެފާއިން ދީފައިވެއެވެ. އޭގެ އިތުުރުން ޔޫއެފާއިން ބުނީ އެ މެޗުގައި ދެއްކި ކާޑުތައްވެސް ގުނާނެ ކަމަށެވެ.
ބްރަސެލްސްގައި ދިން ހަމަލާގެ ސަބަބުން އެމެޗު ނިމުމުން ސްވިޑެން ޓީމާއި ސަޕޯޓަރުން ދަނޑުން ނުކުތީ ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާއެކުގައެވެ. އެގޮތުން ސަޕޯޓަރުން ސަރަހައްދުން ނެރުނީ ޕުލުހުންގެ ހިމާޔަތާއެކުގައެވެ. އަދި ސްވިޑެން ޓީމު ވަނީ ދަނޑުން ސީދާ އެއާޕޯޓަށް އެސްކޮޓްގައި ގެންގޮސްފައެވެ.
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން