އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ހާއްސަ ލަކީޑްރޯއެއް މިއަދު ފަށައިފިއެވެ.

މި ހާއްސަ ލަކީޑްރޯއަކީ މިއަދުން ފެށިގެން 31 ޑިސެމްބަރު 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ހާއްސަ ލަކީޑްރޯއެކެވެ.

މި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތުގެ ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް އެކޮމޮޑޭޝަން އަދި މީލް ހަރަދުވެސް ބަލަަހައްޓާނީ އުރީދޫ އިންނެވެ. އޭގެ އިތުރުން ޕެރިހުގައި ހުންނަ "ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް" ގައި ހުންނަ އުރީދޫ ވީއައިޕީ ލައުންޖުން ޕީއެސްޖީ ކުޅޭ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އެ މެޗަކީ އަންނަ އަހަރުގެ އޭޕްރީލް 21 ގައި ކުޅެން ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯންގެ މެޗެވެ.

އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި ޕީއެސްޖީ) އާ ގުޅިގެން، ކަސްޓަމަރުންނަށް ޕެރިސްގައި ޕީއެސްޖީގެ މެޗެއް ބަލައިލުމުގެ ފުރުސަތެއް ފަހި ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ހާއްސަ އޮފާއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަމޫނާ މިސާލެއް. އަޅުގަނޑުމެން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފަގާތިކޮށް ތަފާތު އެކު ފުރުސަތުތަކާއި ގުޅުވާލަދިނުމަށް،" ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް މި ދަތުރުި ވެގެންދާނީ ތަފާތު ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އުރީދޫގެ އިންޓަނޭޝަނަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ކަސްޓަމަރުނަށް ދެއްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިފައެވެ. ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކަށް މި ލަކީޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނަޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މި ހާއްސަ ލަކީޑްރޯއަކީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށް އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެކެވެ. މި ލަކީޑްރޯގެ އިތުރު މައުލޫމާތު ore.do/paris އިން ލިބޭނެއެވެ.