ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްުޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާ ކަމަށެވެ.
ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖަކީ ގދ. އަތޮޅުގެ ރަށެއްގެ 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކަކަށްވުރެ ގިނަ މީހުން ވެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު