މެދުނުކެނޑި 10 އަހަރުވަންދެން ހިންގާފައިވާ ކޮލެޖުތަކަށް، ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭ ގޮތް ހަދަން، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮލެޖެއް ރަޖިސްޓްރީ ކޮށްގެން މެދުނުކެނޑި 10 އަހަރުވަންދެން ހިންގާފައިވާނަމަ އެ ކޮލެޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދޭން ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ކޮލެޖަކީ، ބޭރު ގައުމަކުން ޔުނިވާސިޓީއެއްގެ ގޮތުގައި ބަލައިގަންނަ ތަނަކަށްވާނަމަ، އެ ކޮލެޖަކަށް، ޔުނިވާސިޓީއެއްގެ ދަރަޖަ ދޭން ވާނެ ކަމަށެވެ. އެގޮތަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނީ މެދުނުކެނޑި ފަސް އަހަރު އެ ކޮލެޖެއް ހިންގާފައިވާނަމައެވެ.
އެ އިސްލާހު ހުށަހަޅާފައިވަނީ މަޖިލީހުން ބިލް ފާސްވެ ގެޒެޓްކުރުމާ އެކު އަމަލުކުރަން ފަށާ ގޮތަށެވެ.
މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ މެދުނުކެނޑި 20 އަހަރު ވަންދެން ހިންގާފައިވާނަމައެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބެރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަަމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު