އެޕަލްގެ ފަހުގެ ގަޑިން ކުރެވޭ ގިނަ ކަންކަން އެ ގަޑި އަޅައިގެން އުޅޭ މީހުންނަށް ވެސް ނޭގެއެވެ. އެހެން ނަމަވެސް ސްމާޓްވޮޗުން ތިބާގެ ފިޔަވަޅުތަކާއި ނިދި ވެސް ޓްރެކް ކުރެވި ރަނގަޅު ކުރަންޖެހޭ ކަންކަން ބުނެދެވެ. މި އަހަރު ނެރެފައިވާ އެޕަލްގެ އެންމެ ފަހުގެ ގަޑިން އަވީގައި އުޅޭވަރުވެސް ޓްރެކް ކުރުވޭނެއެވެ. އެހެން ކަމުން މާ ހޫނު ގަދަ ދުވަހެއްގައި އަވީގައި ގިނަ އިރުވެއްޖެ ނަމަ އަތުގައި އޮންނަ ގަޑިން އެކަން އަންގަދޭނެއެވެ. އެޕަލް ވޮޗުގެ އަވީގެ ހޫނުކަން ދެނެގަންނަ ފީޗާގައި ގަޑިގެ އެންބިއަންޓް ލައިޓް ސެންސަރުގެ އިތުރުން އޭގެ ޖީޕީއެސް އާއި މޯޝަން ސެންސަރު ބޭނުންކޮށްގެން ބޭރުގައި ނުވަތަ އަވީގައި ހުރިތޯ ދެނެގަނެއެވެ.
އެޕަލް ގަޑިއަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާ އާއި ފިޓްނަސް އަދި ނަފްސާނީ ސިއްހަތާ ބެހޭ ގޮތުންވެސް ގިނަ އިރުޝާދުތަކާއި އެކިއެކި މައުލޫމާތުތައް ކޮންމެ ދުވަހަކު ވެސް ދެމުންދާ ގަޑިއެވެ. ހޫނު އަވިގަނޑުގައި ވަގުތު ހޭދަކުރަންޖެހޭ އެކިއެކި ހާލަތްތައް އައުމުން ވަގުތު ހޭދަވެގެންދާ ގޮތް ނޭނގި ހަށިގަނޑަށް ގެއްލުން ލިބޭ އިރުވެސް ގިނަ ފަރާތްތަކަކަށް އެކަން އިހުސާސެއް ނުވެއެވެ.
ހާއްސަކޮން މަސްވެރިންނާއި ދަނޑުވެރިންނަކީ އަދި ރިސޯޓްތަކުގައާއި މޫދު ކުޅިވަރުތަކުގައި އުޅޭ ގިނަ ޒުވާނުންނަކީ ވަރަށް ގިނަ އިރު އަވީގައި އުޅެން ޖެހޭ ފަރާތްތަކެކެވެ.
ޔުނިވާސިޓީ އޮފް އެޑިންބާގްގެ ހަމުގެ ޕްރޮފެސަރު ރިޗަޑް ވެލާ ވިދާޅުވި ގޮތުގައި އާންމުން ދުވާލަކު އަވީގައި ނުވަތަ ބޭރުގައި ހުންނަ ގަޑިތަކަށް ފަރުވާތެރި ނުވެވޭނަމަ، ހަމުގެ އެކިއެކި ބަލިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
މީގެ 150 އަހަރު ކުރިން މުޅި ދުވަހު އަދި ކޮންމެ ދުވަހަކު ވެސް ދިރިއުޅެމުން އައީ ގެއިން ބޭރުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ކުރިޔާ ހިލާފަށް މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭ ތެރޭގައި ކަމަށާއި ބޭރުގައި އުޅެނީ މަދު ވަގުތުކޮޅަކަށް ކަމަށެވެ. އަދި 2021 އަހަރުގެ ޖެނެރަލް ސޯޝަލް ސާވޭގައި އެމެރިކާގެ ކޮންމެ ފަސް މީހަކުން އެކަކު ނުވަތަ އެއްވުރެ މަދު މީހުން ކޮންމެ ދުވަހަކު ބޭރަށް ނުކުންނަނީ ހިނގާބިނގާވެ އުޅުމާއި ފަތާލުމާއި ސްކީ ކުރުމާއި ނުވަތަ ހަމައެކަނި އަރާމުކޮށްލުން ފަދަ ޗުއްޓީ ހަރަކާތްތަކުގެ އުފާ ހޯދުމަށް ކަމަށް ބުނެފައިވެއެވެ.
ގިނަ ބަޔަކު ކަންބޮޑުވަނީ މާ ގިނައިން އަވި ލިބުމުން ހަނގަޑު އަނދައި، ހަންގަނޑު އަވަހަށް މުސްކުޅިވުން، ރިއްސުން އަދި ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވެދާނެތީއެވެ. އެކަމަކު ދުވާލުގެ އަލިން ހަށިގަނޑުގައި ވިޓަމިން ޑީ އުފެއްދުން އިތުރުކޮށްދީ، ލޮލުގެ ސްޓްރެއިން ކުޑަކޮށްދީ، މީހެއްގެ ސާކެޑިއަން ރިތަމް ރެގިއުލޭޓްކޮށް، ސަމާލުކަމާއި މޫޑު ރަނގަޅުކޮށްދެއެވެ. ވިޓަމިން ޑީ އަކީ ހަށިގަނޑަށް ކެލްސިއަމް ހޯދުމަށް އެހީތެރިވެދީ ވަރުގަދަ ކަށިތައް ބިނާކޮށް ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވިޓަމިން ޑީ އިން ދިފާއީ ނިޒާމަށް ވެސް ފައިދާ ކޮށްދީ، ދުޅަހެޔޮކަން އިތުރުކޮށްދީ، ރޫމޭޓޮއިޑް އާތުރައިޓިސް އާއި ސޮރިއަސިސް ފަދަ އޮޓޯއިމިއުން ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ނިދާ ހޭލުމަށްފަހު ހެނދުނު ބޭރަށް ފިޔަވަޅު އެޅުމަކީ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ގަދީމީ އާދައެކެވެ. ސައިންސްގެ ހޯދުން ތަކުން އެނގޭ ގޮތުގައި ހޭލެވިގެން ފުރަތަމަ ގަޑިއިރުގެ ތެރޭގައި ބޭރަށް ނުކުތުމުން ހަށިގަނޑުގެ ސާކެޑިއަން ފޮނުވޭނެ އެންމެ މުހިންމު ސިގްނަލް ފޮނުވަދޭ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފްގެ އަލި އަދި ސާކެޑިއަން ރިތްމްސްއާ ބެހޭ ބައިގެ ޗީފް އަދި ސީނިއާ އިންވެސްޓިގޭޓަރު ސަމޭރު ހައްތާރު ވިދާޅުވިއެވެ
ނަފްސާނީ ސިއްހަތުގެ މާހިރެއްކަމަށްވާ ސަމޭރު ދެކެވަޑައިގަންނަވާ ގޮތުގައި "އެއީ އަލިކަމުގެ ސަބަބުން އިންސާނާގެ ސިކުނޑި އާއި މޫޑްއަށް އެންމެ ބޮޑު އަސަރެއް ކުރުވާނެ ވަގުތުވެ. ހެނދުނު އިރުގެ އަލިން ހަށިގަނޑަށް ވަގުތުން ދޫކުރާ ކޮޓިސޯލް ޓްރިގާ ކުރާ" ކަމަށާއި "މިއީ މުޅި ދުވަހު ފޯކަސް ކޮށްގެން ހުރުމަށް ފަސޭހަވާނެ ކަމެއް ކަމަށް" ޑޭވިޑް ގެފެން ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ކްލިނިކަލް ޕްރޮފެސާ އޮފް މެޑިސިން އަދި މެޑިކަލް ޑިރެކްޓަރު އެލިޒަބަތު ކޯ، ޔޫސީއެލްއޭ ހެލްތު އިންޓެގްރޭޓިވް މެޑިސިން ކޮލަބަރޭޓިވް އީމެއިލްގައި ލިޔުއްވާފައިވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ