ރ. ދުވާފަރުގައި ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އެ ރަށު އީސްމާއީލް މޫސާ 51 (އ)އެވެ.

ރ. އުނގޫފާރު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް "ވަން" އަށް ވިދާޅުވީ އިތުރު ފަރުވާއަށް އޭނާ އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހު 3:00 ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

އޭނާ މަރުވެފައި ވަނީ ގެނބިގެންނެވެ.