އިންޓަނެޓް ހުއްޓަވަން މިހާތަނަށް ދިން އެންމެ ބޮޑު ހަމަލާ ގޫގުލްއިން ހުއްޓުވައިފި ކަމަށް ބުނެފިއެވެ.
ގޫގުލް އިން ބުނެފައި ވަނީ ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު އެއް ޑިސްޓްރިބިއުޓެޑް ޑީނިއަލް އޮފް ސާވިސް، ޑީޑީއޯއެސް ހަމަލާ ހުއްޓުވުމަކީ ލިބުނު ތާރީހީ ކާމިޔާބެއް ކަމަށެވެ. މީގެ ކުރިން ނުފެންނަ ޕީކެއް، ސިކުންތަކަށް 398 މިލިއަނަށް ވުރެ ގިނަ ރިކުއެސްޓް (އާރުޕީއެސް) ގައި ލިބުނު ކަމަށެވެ.
އިންޓަނެޓް ފޯރުކޮށްދިނުމުގައި ވެސް އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގޫގުލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ރެކޯޑް ކުރި އެންމެ ބޮޑު ޑީޑީއޯއެސް ހަމަލާއަށް ވުރެ 7.5 ގުނަ ބޮޑު ޑީޑީއޯއެސް ހަމަލާ ނާކާމިޔާބުކޮށްލެވުމަކީ ފަހުގެ ތާރީހެއްގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އަދި މި ހަމަލާ އެ މީހުންނަށް ކާމިޔާބު ވިނަމަ މުޅި ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
އިންޓަނެޓްގެ ތެރެއިން އެކި އެކި ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެޗްޓީޓީޕީ/2 ޕްރޮޓޮކޯލްގެ ތެރެއިން ދެވުނު މި ހަމަލާ އިން ގިނަ ބަޔަކަށް ސިހުން ލިބިފައިވާ ކަމަށް ގޫގުލް އިން ބުނެއެވެ.
މި ހަމަލާ ކާމިޔާބުވި ނަމަ، ދާދި ފަހުން ސޮނީ ހެކް ކުރި ގޮތާ ހިލާފަށް މި ޑީޑީއޯއެސްގެ ސަބަބުން ވެބްސައިޓްތަކާއި އަދި އިންޓަނެޓްގެ ތެރޭގައި ގުޅިފައި ހުރި ހުރިހާ އޮންލައިން ސާވިސްތަކެއް މި ހަމަލާގެ ސަބަބުން ހުއްޓޭނެތީއެވެ. އަދި އެކިއެކި ހިދުމަތްތައް ހޯދުމަށް މުއާސަލާތު ނުކުރެވި ހިދުމަތްތައް އޮފްލައިން ވެދާނެތީއެވެ.
ނަމަވެސް މި ހަމަލާ ހުއްޓުވުމުގައި ގޫގުލް އިން ވަނީ އިންޓަނެޓް ފޯރުކޮށްދޭ އިންޑަސްޓްރީގެ އެކުވެރިންނާ ގުޅިގެން ވަރުގަދަ މަސައްކަތެއްކޮށް މި ބިރުވެރި ހަމަލާ އިން ސަލާމަތްވެ އިންޓަނެޓް ހުއްޓުނަ ނުދީ ހިންގުމަށް ހައްލެއް ހޯދައިދީފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޑީޑީއޯއެސް ހަމަލާތަކަކީ އެކިއެކި ސައިބާ ކްރައިމްތައް ފަދައިން ކާމިޔާބު ވެއްޖެ ނަމަ ކުރިމަތިވެދާނެ ގިނަ ނޭދެވޭ ނަތީޖާތަކެއް ހިމެނޭ ހަމަލާއެކެވެ. މި ބޮޑު ޑީޑީއޯއެސް ހަމަލާ އެފަރާތަށް ކާމިޔާބުވި ނަމަ ބޭންކުތަކާއި އަދި ސަރުކާރުގެ އިދާރާތަކުގެ ގުޅުން ކެޑި އޭގެ ތެރެއިން ގިނަ ބައެއްގެ ބޭނުންކުރާ އޮންލައިން ހިދުމަތްތައް ހުއްޓިގެން ދިއުމާއި ސޯޝަލް މީޑިއާ އެކައުންޓަށް ހުއްޓުމާއި އަދި މިނޫންވެސް މުހިއްމު އެތަކެއް ކަމެއް ހުއްޓި ދިރިއުޅުމަށް ބުރޫ އަރާނެ ކަމަށް ބުންޏެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ