ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ އޮފީހުން އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފުކޮށްފައިވާ ކަމަށާއި މިހާރު ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އާއެކު 13 ޕްރޮގްރާމް ހެދުމަށް ނިންމައި އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ އަމިއްލަ ޕްރައިވެޓް މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން އާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން ކަށަވަރު ކޮށްދިނުން ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެއިތުރުން މުހިންމު މައްސަލަތަކާ ބެހޭގޮތުން ނުވަތަ ގާނޫނީ ބަހުސްތަކާބެހޭ ގޮތުން ޕީޖީ އޮފީހުން އާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު، އެ ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި އެއްބަސްވުމެއްގެ ދަށުން ހަދަމުން ގެންދާ ޕްރޮގްރާމްތަކުގެ މައުލޫމާތު އެ އޮފީހުގެ ވެބްސައިޓުގައި ހިމަނާފައިވާ ލިންކުން ސާފުވެގެން ދާނެ ކަމަށެވެ. އަދި " ޕީޖީއާ އެކު 12 މިނެޓް" ޕްރޮގްރާމް ބަލަމުންދާ އިރު، ޕްރޮގްރާމްތަކުން ފޮނުވާ މައުލޫމާތުތަކުން ސުވާލެއް ނުވަތަ ޝަކުވާއެއް އޮތް ނަމަވެސް، ކުރާ ސުވާލުތަކުގެ ޖަވާބު ދެން އަންނަ ޕްރޮގްރާމްއެއްގައި ލިބޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު