މެލޭޝިއާގެ އިމާރާތަކުން ވެެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައްޑޫ ސިޓީ/ ހިތަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މެޑިސިން ކިޔަވަމުންދިޔަ ދަރިވަރެއްކަންވެސް އެނގިފައިވެއެވެ.

އޭނާ ވެއްޓިފައިވަނީ އިމާރާތެއްގެ 14 ވަނަ ބުރިން، މިރޭ 7:00 ޖަހާކަންހާއިރު ކަމަށްވެސް "ވަން" އަށް އެނގިފައިވެއެވެ.

މި ކަމާ ގުޅިގެން ފުލުހުން އަދި ފޮރިން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.