އިންޑިއާ އާއި ޕާކިސްތާނު މެޗުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 11،000 މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ކްރިކެޓް ވޯލްޑް ކަޕުގެ އެންމެ ހޫނުވާނެ ކަމަށް ބެލެވިފައިވާ މެޗުތަކުގެ ތެރެއިން ޕާކިސްތާނާއި އިންޑިއާ ކުޅޭ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އިންޑިއާގެ އަހުމަދު އާބާދުގައި ހުންނަ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގެ ސެކިއުރިޓީ ކަންކަމުގައި ހަރަކާތްތެރިވާނީ އެގައުމުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ އެކި އެޖެންސީތަކުގެ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޓީމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އަހުމަދު އާބާދުގެ ކޮމިޝަަނާ އޮފް ޕޮލިސް ޖީއެސް މާލިކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ސެކިއުރިޓީ ކަންކަން އެހާ މަތިކުރަން ޖެހުނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައިވެސް މިދެ ޓީމު ކުޅެފައިވާ މެޗުތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.
ކްރިކެޓް ވޯލްޑްކަޕް ފެށުމާ އެކު މެޗުތައް އޮންނަ ސްޓޭޑިއަމް ހިމެނޭ ސަރަހައްދުތަކުގައި ހިނގާފާނެ ހާދިސާއަކަށް ތައްޔާރުވެ އަބަދުވެސް ސެކިއުރިޓީ ޓީމެއް އޮވެއެވެ. ނަމަވެސް ޕާކިސްތާނާއި އިންޑިއާ ކުޅޭ މެޗަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ