އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅުނު ދެވަނަ މެޗުގައި މިއަދު ލުބުނާން ކައިރިންވެސް ބަލިވެއްޖެއެވެ.
ކިރްގިސްތާނުގައި ކުރިއަށްދާ ކޮލިފިކޭޝަންގައި ރާއްޖެއިން ފުރަތަމަ މެޗުގައި ނުކުތީ ވަރުގަދަ އިރާނާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖެ ބަލިވީ 18-2ގެ ނަތީޖާ އަކުންނެވެ. އިރާނަކީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތްއިރު، މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ނަތީޖާ ރަނގަޅުކޮށްފައެވެ. އެގޮތުން މިއަދުގެ މެޗު ލުބުނާނުން ފަހަތުން އަރައި ކާމިޔާބުކުރީ 6-1ގެ ނަތީޖާ އަކުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަޅަށް ޑިފެންސްކޮށް ކުޅެފައިވާ އިރު، ޒައިދާން އަބްދުﷲ (އަސޫ)ގެ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވެއެވެ. ލުބުނާންގެ އެޓޭކުތައް ހުއްޓުވަން ކީޕަރު މުހިންމު ދައުރެއް އަދާކުރި އިރު، ރާއްޖެއިން ހަމަލާތައް އުފެއްދީ އަލީ ޝިޔާހު (ޝިޔަޅޭ) އާއި އަލީ ހާފިޒް (ހާއްޕެ) އެވެ.
ޝިޔާހު ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް ކުރީކޮޅުގައި އަމާޒުވެފައިވާ ހާއްޕެ ގޯލު ޖެހީ ކުރިއަށް ޖެހި ގޯލުކީޕަރުވެސް ނައްޓާލާފައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ރާއްޖެއަށް ދެން އޮންނާނީވެސް ވަރުގަދަ މެޗެކެވެ. އެއީ ކޮލިފިކޭޝަން ބާއްވަމުންދާ ކިރިގިސްތާނާ ދެކޮޅަށް އޮތް މެޗެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް