މާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ މިރޭ 7:44 އެހާކަން ހާއިރު އޮކްސިޖަން ރެސްޓޯރެންޓު ކައިރިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ކާރެއް ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހުމުގެ ސަބަބުންނެވެ. އަނިޔާވެފައިވަނީ ސައިކަލުގައި އިން ފިރިހެން މީހާ އަށެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލު ހޯދަން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެމީހާގެ ނޭފަތަށާއި ބޮލަށް ވަނީ އަނިޔާވެފައެވެ. އަދި އެމީހާއަށް ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު