ޚަބަރު

އައިފޯން 15 އަށް ޕްރީއޯޑާ ކުރި ދިރާގުން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފި

އެޕަލް ކުންފުނިން އަލަށް ނެރުނު އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސްއަށް ޕްރީއޯޑާ ކުރި ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފިއެވެ.

އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް އަށް ޕްރީއޯޑާ ކުރަން ދިރާގުން ހުޅުވާލީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ. އެ ފުރުސަތު ހުޅުވާލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓޮކް ވަނީ ހުސްވެފައެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންގެ މި ހޫނު ތަރުހީބާއެކު އާ ސްޓޮކް ލިބުމުން އައިފޯން 15 ދިރާގުން ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ފަހުގެ އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވޭނެއެވެ. އަދި އެ އައިފޯން ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 10 ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.