ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކްރިކެޓް ޓީމުން އިއްޔެ ތާރީހީ މޮޅެއް ހޯދައިފިއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓު ޓީމުން ވާދަކުރިއިރު، ދެ ފަހަރުވެސް ގްރޫޕް ސްޓޭޖު ނިންމާލީ މޮޅެއް ނުލިބިއެވެ. އެ ގޮތުން 2010 ގައި ނޭޕާލް އާއި ހޮން ކޮންގް އަތުން ބަލިވިއިރު، 2014ގައި ބަލިވީ ނޭޕާލާއި ކުވެއިތު އަތުންނެވެ.
ރާއްޖޭގެ ކްރިކެޓް ޓީމުން އޭޝިއަން ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދީ އިއްޔެ މޮންގޯލިއާ ބަލިކޮށްގެންނެވެ. ޗައިނާގެ ހަންޒޫގައި ކުރިއަށްދާ ގޭމްސްގައި ރާއްޖެއިން މޮންގޯލިއާ ބަލިކުރީ ނުވަ ވިކެޓުންނެވެ.
އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ގަސްތުކުރީ ހޮވާށެވެ. މޮންގޯލިއާއިން ކުޅެން އަރައި 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ.ޗއެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 15 ލަނޑު ހެދި ދަވާސުރެން ޖަމްޔަންސުރެނެވެ.
ރާއްޖޭގެ ޓީމު ކުޅެން އަރާ އެންމެ ހަ އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 62 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. ރާއްޖޭގެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ ނުބައިނުވެ 16 ބޯޅައިން 24 ލަނޑު ހެދި އާޒިންއެވެ. މީގެ އިތުރުން ކެޕްޓަން ހަސަން ރަޝީދު ނުބައިނުވެ، 14 ބޯޅައިން 21 ލަނޑު ހެދި އެވެ.
އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމް ކުޅޭ ދެވަނަ މެޗުގައި މިއަދޔ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.