ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅުން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ފިނޮޅުން ވަނީ ހަތަރު ވިކެޓުން މީޓިއޯސް ބަލިކޮށްފައެވެ.
ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފިނޮޅުން ނިންމީ ހޮވާށެވެ. އެންމެ ފުރަތަމަ ކުޅެން އަރައި މިޓިއޯސްއިން އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިގެން 116 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ބެޓް ކުރީ، 11 ބޯޅައިން 32 ލަނޑު ހެދި އިބްރާހިމް އަލީ އާއި 16 ބޯޅައިން 32 ލަނޑު ހެދި ޝަފްރާޒް ޖަލީލެވެ.
ބަދަލުގައި ކުޅެން އަރައި، ފިނޮޅުން ވަނީ 7.3 އޯވަރު ތެރޭގައި 118 ލަނޑު ހަދައި، މެޗުން މޮޅުވެފައެވެ. އެޓީމުގެ މުހައްމަދު ސައީދު ވަނީ 13 ބޯޅައިން 31 ލަނޑު ހަދައިފައެވެ. އަދި ހުސައިން ރިމާޒް ވަނީ 11 ބޯޅައިން 24 ލަނޑު ހަދައިފައެވެ.
މުބާރާތުގެ އެންމެ މޮޅު އުކުންތެރިޔަކީ މުހައްމަދު ސައީދެވެ. ސައީދު ވަނީ މުބާރާތުގައި ޖުމުލަ ހަތް ވިކެޓް ނަގައިފައެވެ. އެންމެ ގިނަ ލަނޑު ހެދީ މީޓިއޯސްގެ އިބްރަހީމް އަލީއެވެ. އެއި 134 ލަނޑެވެ. އެންމެ ގިނަ ކެޗް ހިފި ކުޅުންތެރިންނަކީ ޝަފްރާޒް ޖަލީލާއި އިޝާގް އަހުމަދު އަދި ހުސައިން ރިމާޒެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް