ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު އިބްރާހިމް ރިޒާން ހޯދައިފިއެވެ.
ކްރިކެޓް ކުޅުންތެރިންގެ މަސައްކަތާއި ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ސީބީއެމްގެ އިވެންޓް ހޮނިހިރު ދުވަހުގެ ރޭ ބޭއްވީ އެކުވެނި ކްރިކެޓް ދަނޑުގައެވެ. އެ އިވެންޓްގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއެކު ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލާއި ކްރިކެޓް އާއިލާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މިދިޔަ އަހަރު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔަކަށް ރިޒާން ހޮވުނު އިރު، އޭނާއަކީ މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިޔާވެސް މެއެވެ. އެންމެ މޮޅު ބެޓްސްމަންއަކަށް މުހައްމަދު ރިޝްވާން ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ތަރަކަ ރުވާންއެވެ. އެންމެ ކުރިއަރަމުން އަންނަ އުންމީދީ ކުޅުންތެރިޔަކަށް މަބްސަރު އަބްދުﷲ ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހައްވާ ޝާއިގާއާއި މުހައްމަދު މިއުވާނެވެ.
އަތޮޅު ތެރޭގެ އެންމެ މޮޅު ކުޅުންތެރިންނަށް ހަފްސާ އަބްދުﷲއާއި ހަމްދު ހުސައިން އަލީ ހޮވުނު އިރު، އެންމެ މޮޅު ކްލަބަކީ ސީބީއެލް ސްޕޯޓްސްއެވެ.
ޖޫނިއާ ކްރިކެޓް ކުޅުންތެރިންނަށްވެސް ހާއްސަ އެވޯޑުތައް ދީފައިވާ އިރު، 16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިނަކީ:
- އިބްރާހީމް އަބާން އަޒްލީފް - ރެހެންދި ސްކޫލް
- ޝައްޔާން އަބްދުލް ގަފޫރު - ރެހެންދި ސްކޫލް
- އަހުމަދު އަރޫޝް - ތާޖުއްދީން ސްކޫލް
- ޖޮހާން ސޫރަޖް ލާލް - ރެހެންދި ސްކޫލް
- ޔޫސުފް ނިހާލް އަހުމަދު - މުހިއްޔުންދީން ސްކޫލް
އޭގެ އިތުރުން 14 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިންނަކީ:
- ޔޫސުފް އިޒާން ޖިނާހް - ތާޖުއްދީން ސްކޫލް
- ޑޭވާ ރޯޖާ ސްވިކް - ތާޖުއްދީން ސްކޫލް
- މުހައްމަދު އާކިލް ޔާމީން - މުހިއްޔުންދީން ސްކޫލް
- އަޒީން ބިން ހުސައިން - ތާޖުއްދީން ސްކޫލް
- ޝައްޔާން އަބްދުލް ގަފޫރު - ރެހެންދި ސްކޫލް
އޭގެ އިތުރުން ހުއާ ހިން ސިކްސެސް ވެޓެރަންސް މުބާރާތުގެ ރަން މެޑަލް ހޯދި ސީނިއާ ކްރިކެޓާސް ކްލަބަށް ހާއްސަ އެވޯޑު ދީފައިވާ އިރު، އެ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންއަށް ހޮވުނު އާރިފް ރިޒަށްވެސް ހާއްސަ އެވޯޑު ދީފައިވެއެވެ. އެއާއެކު ކްރިކެޓަށް ހާއްސަ ހިދުމަތްތައް ކޮށްދީފައިވާ އަމްޕަޔަރު މުހައްމަދު އާޝިފްއާއި ކޯޗު ލިރުގާމް ސައީދު (ލަރޭ)އަށްވެސް ސާވިސް އެވޯޑު ދީފައިވާ އިރު، ލ. ކުނަހަންދޫގެ ފަރާތުން ކްރިކެޓް ބޯޑާ ބާއްވާ ހާއްސަ ގާތްކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށުގެ ކައުންސިލަށް ވަނީ ރައީސްގެ އެވޯޑު ދީފައެވެ.
މުޙައްމަދު ޝަމްޢޫން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް