މި އަހަރުގެ ދިރާގު ރޯޑްރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނާއި ވެލްނެސް ޕާޓްނަރުން އިއުލާނުކޮށްފިއެވެ.
ދިރާގު ރޯޑު ރޭހުގެ ވެލްނެސް ޕާޓްނަރުންނަށް ހަމަޖައްސާފައިވަނީ، ސާއިދު ސްޕޯސްޓް އާއި އެލީޓް ރަނާސްގެ އިތުރުން ކޭވައި ސްޕޯޓްސްއެވެ. ވެލްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދަ ވެލްނަސް ކްލަބެވެ.
ދިރާގުން މިއަދު ބުނި ގޮތުގައި ކޯޗިން ޕާޓްނަރަކަށް ހަމަޖެއްސި ސާއިދު ސްޕޯޓްސްގެ ފަރާތުން އެ ދުވުމުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ދުވުންތެރިންނަށް ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާ، ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ލިބޭނެ ކަމަށެވެ. ސާއިދަކީ ދިރާގުގެ ބްރޭންޑް އެމްބެސަޑަރެކެވެ
އެލީޓް ރަނާސް މެދުވެރިކޮށް ދުވުމުގެ ބައިވެރިންނަށް ޕާނަސަލައިޒްޑް ޓްރެއިނިން ޕްރޮގްރާމެއް ހަމަޖައްސާފައިވާ އިރު، ކޭވައި ސްޕޯޓްސްގެ ކޯޗުން ކަމުގައިވާ ޔަޒޫ އާއި ކްސާބާއެކު ޒުވާން ދުވުންތެރިން ތަމްރީން ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި ވެލްނަސް ޕާޓްނަރަކަށް ހަމަޖެއްސި ދަ ވެލްނެސް ކްލަބްގެ ކޯޗު މަރިޔަމް އަބްދުލް ކަރީމް މެދުވެރިކޮށް ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތައް ދުވުމުގެ ބައިވެރިންނަށް ނަގައިދޭނެ ކަމަށެވެ.
ދިރާގު ރޯޑްރޭސް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ފަށަން ހަމަޖައްސާފައިވާ އެ ދުވުމުގައި 4،000 ދުވުންތެރިން ބައިވެރިވާ އިރު، އެ ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
ދިރާގު ރޯޑްރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައިވެސް ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ދިރާގު ރޯޑްރޭހާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް www.dmrr.mv އިން ލިބޭނެއެވެ.