އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލާ ގުޅުމަށް ރަޝިޔާއިން މަސައްކަތް ފަށައިފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ރަޝިޔާ ބޭރުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގައުމު ބޭރުކޮށްފައިވަނީ ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.
ރަޝިޔާގެ ޑިޕްލޮމޭޓުން ވަނީ އެގައުމު އަލުން ތިން އަހަރުގެ އާ ދައުރަކަށް އިންތިހާބު ވުމަށް މަސައްކަތް ފަށައިފައެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގައި ރަޝިޔާ ބައިވެރިކުރުމާމެދު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ރަޝިޔާގެ ޑިޕްލޮމޭޓުން ވަނީ އެހެން ގައުމުތަކުގެ އެހީގައި އެކައުންސިލަށް އަލުން ގުޅުމަށް ތާއީދު ލިބޭނެކަމުގެ އުއްމީދު އޮތް ކަމަށް ބުނެފައެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގައި ހިމެނެނީ 47 މެމްބަރު ގައުމެވެ. އަންނަ މަހުގައި އޮންނަ އިންތިހާބުގައި ރަޝިޔާއިން ވާދަކުރަން ޖެހޭނީ އަލްބޭނިއާ އާއި ބަލްގޭރިއާއާ ދެކޮޅަށެވެ. އެކައުންސިލަށް އާމެމްބަރު ހޮވުމަށް ވޯޓު ލެވޭނީ އދ. ގެ މެމްބަރު 193 ގައުމުގެ މެދުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ