އިންޑިއާގެ މަޝްހޫރު އަންނަ ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އާއި ހުމާ ކުރޭޝީ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ސޮނާކްޝީ އާއި ހުމާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައެވެ. ދެ ތަރީންވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ރާއްޖެ ދެކެ އެންމެ ލޯބިވާ އެއް ބޮލީވުޑް ތަރި، ސޮނާކްޝީ ދަނީ އޭނާ ކޮއްދިއްޕަރުގައި ހޭދަކުރަމުންދާ ޗުއްޓީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނު ހުމާއާ އެއްކޮން ބްރޭކްފާސްޓަށް ގޮސް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި ކެޕްޝަނުގައި ޖަހާފައިވަނީ "(ހުމާ) މިތަނަށްވެސް އައިސްފި" ކަމަށެވެ. އަދި އޭނާ ވަނީ އޭނާ މޫދަށް ގޮސް އުޅޭ ތަނާއި ބައިސްކަލް ދުއްވާ ތަން ފެންނަ ވީޑިއޯތަކާއި ފޮޓޯތައްވެސް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ.
ސޮނާކްޝީ އާއި ހުމާވެސް ވަނީ މީގެ ކުރިން ވަރަށް ގިނައިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. ސޮނާކްޝީ އެންމެ ފަހުން އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރެވެ. އެފަހަރު އޭނާ ހުރީ ވައްކަރު މޯލްޑިވްސްގައެވެ.
މި ދެ ތަރީން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އެއް ފިލުމަކުންނެވެ. ޑަބަލް އެކްސެލް ކިޔާ އެ ފިލުމަށް މާބޮޑު ތަރުހީމެއް ލިބިގެން ގޮސްފައެއް ނުވެއެވެ.
ހުމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ތަރްލާ ދަލާލް އިންނެވެ. ސޮނާކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑަބަލް އެކްސެލް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު