މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، އުމުރުން 28 އަހަރުގެ ނާޠިފް އަބްދުއްސަލާމް ކިޔާ ޒުވާނެކެވެ.
ފުލުހުން މިއަދު ބުނީ ނާޠިފް ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުން ފެނިގެން ނާޠިފްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު