ސަރުކާރުން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރާ ހުރިހާ ކަމަކަށް އުރީދޫ މޯލްޑިވްސްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީސް ހުޅުވުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފާއިތުވި 18 އަހަރުގެ ތެރޭގައި އުރީދޫން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ، ހުރިހާ ކަމެއްގައި އުރީދޫން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އުރީދޫން ވަނީ ރައްޔިތުންނަށް މައުލޫމާތު ލިބޭނެ ގޮތްތައް ހަދައި މީހުން ބިނާކޮށް، އިގުތިސޯދަށް މަންފާ ފޯރުކޮށްދީފައި،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން އެއް ރަށާއި އަނެއް ރަށާ ދުރުގައިވާ ރަށްތަކެއް ކަމަށާއި ނަމަވެސް އުރީދޫގެ ޓެކްނޮލޮޖީގެ ސަބަބުން އެ ދުރުމިން ނައްތާލެވިފައިވާ ކަމަށެވެ.
އުރީދޫ ވަނީ ރާއްޖެއަށް ދިމާވި ހުރިހާ ބޮޑެތި ކާރިސާތަކެއްގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އުރީދޫން ވަނީ 2004 ވަނަ އަހަރުގެ ސުނާމީން ފެށިގެން ކޮވިޑާ ހަމައަށް ވެސް ދިމާވި ބޮޑެތި ކާރިސާ ތަކުގައި މުހިންމު އެހީތަކާއި ޑިޖިޓަލް ހައްލުތައްވެސް ފޯރުކޮށްދީފައި،" ނައިބު ރައީސް ވިދާޅުވިއެވެ.
އުރީދޫން ރާއްޖެއަށް ވަމުންދާ އެހީތައް ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު