ނޭޕާލްގެ ހުރިހާ ސްކޫލުތައް ހުއްޓުމަކަށް ގެނެސް ޓީޗަރުން މުޒާހަރާއަށް ނިކުމެ މަގުތައް ފުރާލައިފި އެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ މަގުތައް ފުރާލައި ޓީޗަރުން މުޒާހަރާ ކުރަމުންދާއިރު އެކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓީޗަރުން މުޒާހަރާ ފަށާފައިވަނީ އެ ގައުމުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެބިލުގައި ޓީޗަރުން ސިޔާސީ ކަންކަމުގައި އެއްވެސް ވަރަކަށް ބައިވެރިވުން ވަނީ މަނާކޮށްފައިވެއެވެ.
ނޭޕާލްގެ މަޖިލީހަށް ބިލު ހުށަހެޅުމާއެކު އެކަމާ ދެކޮޅުހެދުމުގެ ގޮތުން 110،000 އަށްވުރެން ގިނަ ޓީޗަރުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ.
މުޒާހަރާކުރާ ޓީޗަރުން އެގައުމުގެ މަޖިލިސް ކުރާ ގޭ ކައިރީގައި މުޒާހަރާކުރަން ފެށުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ