ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އިޓަލީގެ ރޯމާ އާއި އެޓަލާންޓާ މޮޅުވެއްޖެއެވެ.
ހޯސޭ މޮރީނިއޯގެ ރޯމާ މޮޅުވީ މޮލްޑޯވާގެ އެފްސީ ޝެރިފާ ވާދަކޮށް ރަށުން ބޭރުގައި ދޭއް އެކަކުންނެވެ. ގްރޫޕް ޖީގެ މި މެޗުގައި ރޯމާއަށް ގޯލް ޖަހައިދިނީ ލުކާކޫއެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާއި ސުވިޒަރލެންޑުގެ އެފްސީ ސާވެޓް ކުޅުނު މެޗު ސުވިޒަރލެންޑުގައި ދޭއް ސުމަކުން ކާމިޔާބުކުރީ ސްލާވިއާ ޕްރާގެވެ.
އިޓަލީގެ އެޓަލާންޓާ މޮޅުވީ ގްރޫޕް ޑީގައި ޕޮލެންޑްގެ ރާކޯފާއި ވާދަކޮށް އަމިއްލަ ރަށުގައި ދޭއް ސުމަކުންނެވެ. ލަނޑު ޖަހައިދިނީ ކެޓަލީރާ އާއި އެޑަސަންއެވެ.
މިގްރޫޕްގެ އަނެއް މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި އޮސްޓްރިޔާގެ ގްރާޒް ބައްދަލުކޮށް ރަށުން ބޭރުގައި ދޭއް އެކަކުން މޮޅުވީ ސްޕޯޓިން ލިޒްބަންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު