ޗައިނާގެ ހުއާންޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީގައި އެންމެފަހުގެ ރަނަރއަޕް ދެކުނު ކޮރެޔާ ބަލިކޮށް އިންޑިޔާއިން ނޮކައުޓް ބުރުގެ ޖާގައެއް ކަވަރުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ކެމްބޯޑިޔާއާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެފައި އޮތުމާއެކު އެންމެފަހުގެ ސިލްވަރ މެޑަލިސްޓާ ދެކޮޅަށް އިންޑިޔާ ނުކުތީ ވަރަށް އިތުބާރާއެކުގައެވެ. ފަސް ސެޓަށް ގޮސްގެން އިންޑިޔާ މޮޅުވީ ތިން ސެޓް ދެ ސެޓުންނެވެ. އިންޑިޔާއަށް ގެއްލުނީ ފުރަތަމަ ސެޓާއި ހަތަރުވަނަ ސެޓެވެ.
މިއީ ފަހަކަށް އައިސް އޭޝިއާގެ ވޮލީގެ ގަދަ ހަތަރު ބާރުންކުރެ ބާރެއްގެ މައްޗަށް އިންޑިޔާއަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ. ނޮކައުޓް ބުރުގައި އިންޑިޔާއަށް ވާދަކުރަންޖެހޭނީ ޓައިވާން ނުވަތަ މޮންގޯލިއާއާއެވެ.
ދެކުނު ކޮރެޔާ އަތުން އިންޑިޔާ މޮޅުވި މެޗު ދެގަޑިއިރާއި ތިރީސްއަށް މިނިޓަށް ދެމިގެންދިޔައެވެ. އިންޑިޔާ މޮޅުކޮށްދިނުމިގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އަމީތު ގުލިއާ އާއި އަޝްވަލް ރާއީއެވެ. އިންޑިޔާއަށް އޭޝިއަން ގޭމްސްގައި މެޑެއްޔެއް އެންމެފަހުން ހޯދުނީ މީގެ ތިރީސްހަތް އަހަރު ކުރިންނެވެ.