ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކެންސަލްކޮށްފި

އިބްރާހިމް ޒަކީ

ހައިކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

ކޯޓުގައި އެ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ނަމަވެސް ހައިކޯޓުން ދެންމެ ބުނީ، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށް ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުުގައި ރިޝްވަތި ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްވެސް ވަނީ ކޮށްފައެވެ. ހައިކޯޓުގައި ކުރިއަށް ދަނީ އެ މައްސަލައިގެ އިސްތިއުނާފެވެ.

އެ މައްސަލައިގެ، އަޑުއެހުމެއް އެންމެ ފަހުން ބޭއްވި މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެހެންކަމުން މައްސަަލައިގެ މި އަޑުއެހުންތަކުން ކުރިއަށްދާ ސްޕީޑް ލަސް ކަމަށް ބުނެ، ޕީޕީއެމުން ވަނީ ކަންބިޑުވުންފާޅުކޮށް އެ މައްސަލަ ހައިކޯޓުގެ ސަމާލު ކަމަށް ގެނެސްފައެވެ.