ށ. މިލަންދޫ ބަނދަރު ތަރައްގީގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށް ދަނީ ބަނދަރުގައި ގާ އެތުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ދެ ބްރިޖެއް ހެދުމާއި 130 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި އެކްސަސް ޕްލެޓްފޯމެއް ހެދުމާއި 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހުގައެވެ. މި މަޝްރޫއުގެ އަގަކީ 76.44 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު