އެގާރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށާއި، އެ މަނިކުފާނު ޖަލުން ގެއަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރަށް ތާއީދު ކުރައްވައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައިގައި ރައީސް ޔާމީނަށް އަނިޔާ ދެމުންދާ ކަމަށާއި ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ގޮވާލައި، ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އިއްޔެވެސް ޔާމީނާ ބައްދަލުކުރެއްވުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން ހަމަޖެހިގެންދާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"(ޔާމީންއާ) ބައްދަލުވީމާ އަޅުގަނޑު ދެކޭ ގޮތުގައި ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތަކެއްވެސް ކުރެވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަޝްވަރާތަކަށް، ޔާމީނާ ބައްދަލުކުރެއްވުމަށް ނަޝީދު އިއްޔެވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން ރައްޔިތުން މަޖިލިސް މެދުވެރިކުރައްވައި ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް އެދި ހުށަހަޅުއްވިއެވެ. ނަމަވެސް ރައީސް ޔާމީން ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު