ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ދެވަނަ ފަހަރަށް ޖަލްސާ ފެށުން ފަސްކޮށްފިއެވެ.
ފުރަތަމަ ފަހަރު ޖަލްސާ ފަސްކުރީ 9:30 ގައި ފެށުމަށެވެ.
ޖަލްސާ ފަށަން ބޭނުންވާވަރަށް ކޯރަމް ހަމަވޭތޯ ބެއްލެވުމަށް، ރިޔާސަތުގައި އިންނަވައި މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަ ކުރުމަށް މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަސައްކަތް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މަޖިލީހުގައި 56 މެންބަރުން ތަމްސީލު ކުރާ އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެމްޑީޕީގެ ވަރަށް މަދު ބޭފުޅުން ކޮޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު 09:09 އެހާކަންހާއިރު، މަޖިލިސް ރައީސް ވިދާޅުވީ، ކޯރަމް ހަމަވޭތޯ ބެލުމަށް 9:30 އަށް ޖަލްސާ ފަސްކުރެއްވީ ކަމަށެވެ.
ދެން ވިދާޅުވީ، "މެންބަރުން ހަމެއް ނުވޭ 9:30 ގައި ޖަލްސާ ފެށުމަށް ފަސްކުރާނަން، އުއްމީދަކީ ޖަލްސާ ބޭއްވުން، ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ޖަލްސާ ކުރިއަށް ގެންދިއުމަކީ ބޭނުންތެރިކަމެއް،" ކަމަށެވެ.
މަޖިލިސް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް އަކީ 22 މެންބަރުންނެވެ. މިއަދުގެ ޖަލްސާއަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާކޮށްފައެވެ.
ނުވަގަޑީ ތިރީހުގައި ޖަލްސާ ފަށަން މަޖިލިސް ރައީސް މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މަޖިލިސް ކުޑަ ދަށުގައި އެމްޑީޕީ މެންބަރުން ތިއްބެވި ކަމަށާއި، ޖަލްސާ ފަށަން ބޭނުންވަނީ ދެ މެންބަރުން ކަމަށެވެ. ނަމަވެސް ކުޑަދަށުގައި ތިއްބެވި ބޭފުޅުން ޖަލްސާއަށް ވެދެވަޑައި ނުގަންނަވައި ތިއްބެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެ ބޭފުޅުން އެ ސަބަބު ވިދާޅުވެދެއްވާފައިނުވާކަމަށްވެސް ވިދާޅުވިއެވެ.
އެއަށް ފަހު ދެވަނަ ފަހަށް ކޯރަމް ހަމަވޭތޯ ބެލުމަށް 10:00 ގައި ޖަލްސާ ފަށަން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، 9:45 ގައި ހޯލުން ނިކުމެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު