ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތަސް ރާއްޖޭގެ ވެރިކަން ކުރައްވާނީ ކޮން ބޭފުޅެއްކަން ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ލިބެން އޮތް ހުރިހާ ކުރިއެރުމެއް ހުއްޓި ގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާނެ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ޕީޕީއެމްގެ އިސް ފަރާތްތަކުން މުއިއްޒަށް ފިއްތުންތައް މިހާރުވެސް ކުރިމަތިކުރުވާ ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގަތަސް ވެރިކަމުގައި ހުންނަވާނީ ކޮން ބޭފުޅެއްކަން ސަޕޯޓަރުންނަށް މިއަދު އެނގިވަޑައެއް ނުގަންނަވާނެ ކަމަށެވެ.
"ވެރިޔަކީ ކާކުކަމެއް އެ ބޭފުޅުންނަށް ހަމަ ހަގީގަތުގައެއްވެސް އެނގިވަޑައެއް ނުގަންނަވާ. އެ ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާ" މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ޖަލަށްލާނެ މީހުންގެ ލިސްޓެއް މިހާރުވެސް އެބަ ގެންގުޅުއްވާ ކަމަށެވެ. އޭގައި ފުރަތަމަ މަހުން ގޮސް ދައުރު ނިމޭއިރު ޖަލަށް ލާނެ މީހުންގެ ނަންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ހަގީގީ ރޫހުގައި ނުކުމެއްޖެ ނަމަ އިންތިހާބު ކާމިޔާބުކުރުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު