ޕެރިސް (އޭޕީ): ފްރާންސްގެ ސަރުކާރުގެ ވޮޗްޑޮގް އެޖެންސީއަކުން ހެދި ޓެސްޓުތަކުން އައިފޯން 12 އިން މާގިނައިން އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން ދޫކުރާ ކަމަށް ސާބިތުވުމާއި ގުޅިގެން ފްރާންސްގެ ފިހާރަތަކުގައި ހުރި އެ މޮޑެލްގެ ފޯނުތައް ނެގުމަށް އަންގައިފިއެވެ.
ރޭޑިއޯ އިލެކްޓްރިކް ފްރީކުއެންސީތަކުގެ އިތުރުން އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަނަށް އާންމުން ހުށަހެޅުން ބަލަހައްޓާ ނޭޝަނަލް ފްރީކުއެންސީ އެޖެންސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެޕަލްގެ އައިފޯން 12 ފޯނުތަކުން އެ މައްސަލަ ހައްލުކުރުމަށާއި އަދި މިހާރު ފިހާރަތަކުގައި ހުރި އައިފޯން 12 ވީއެންމެ އަވަހަކަށް ނެގުމަށް އަންގައިފައެވެ. ނަމަވެސް އެޕަލްއިން ވަނީ އެ ހޯދުންތަކާ ދެކޮޅު ހަދައި، އެ ޑިވައިސްއަކީ ރޭޑިއޭޝަންއާ ބެހޭ ހުރިހާ ގަވާއިދުތަކަށް ތަބާވާ ޑިވައިސްއެއް ކަމަށް ބުނެފައެވެ.
ފްރާންސްގެ އޭއެންއެފްއާރު އިދާރާއިން ބުނީ ދާދި ފަހުން އައިފޯން 12 ހިމެނޭ ގޮތަށް 141 ސެލްފޯނެއްގައި ހަށިގަނޑަށް ގެއްލުން ދޭ އިލެކްޓްރޯމެގްނެޓިކް ރާޅުތައް ހުރިތޯ ޗެކްކުރި އިރު، އަތުގައި އަދި ނުވަތަ ޖީބެއްގައި ފޯނެއް އޮންނައިރު ފަތުރާ ރޭޑިއޭޝަން ކިލޯއަކަށް 5.74 ވޮޓްގެ އިލެކްޓްރޯމެގްނެޓިކް ހަކަތައިގެ މިންވަރު ހުންނަ ކަމަށެވެ.
ނަމަވެސް ޔޫރަޕިއަން ޔޫނިއަންގައި ވިއްކާ ފޯނުތަކުގެ ރޭޑިއޭޝަން އެހާ މަތިވެގެން އެ ފޯނެއް ބޭނުން ނުކުރެވޭނެ ކަމަށާއި އައިފޯން 12ގެ ތެރެސްހޯލްޑް ހަމަވީ ޖެކެޓެއްގައި ނުވަތަ ދަބަހެއްގައި ބަހައްޓާފައިވާ ފޯނަކަށް ރޭޑިއޭޝަން ލެވެލް ވަޒަން ކުރުމުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެޕަލް އިން ބުނީ 2020 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު އައިފޯން 12 އަކީ ބައިނަލްއަގްވާމީ އެތައް އިދާރާއަކުން ސެޓްފިކެޓް ލިބިފައިވާ އައިފޯނެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޭޑިއޭޝަނަށް އަމަލުކުރާ ހުރިހާ ގަވާއިދުތަކާއި މިންގަނޑުތަކަށް ތަބާވާ ފޯނެއް ކަމަށެވެ. އަދި ފޯނުގެ ކޮމްޕްލައިންސް ސާބިތުކޮށްދޭ ކުންފުންޏާއި ތިންވަނަ ފަރާތެއްގެ ލެބްތަކުންވެސް ކުރިއަށް ގެންދިޔަ އެތައް ލެބް ނަތީޖާތަކެއް ފްރާންސްގެ އެޖެންސީއަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ފުރާންސުން އެކަން ގަބޫލެއް އަދި ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު