ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ހޮވައިފިއެވެ.
ޕީޖީގެ ނައިބު ލީޑަރުންގެ ގޮތުގައި ހޮވުނީ ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޒާހިރު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑެ) އެވެ. ޕީޖީގެ ގްރޫޕުގެ އަމީން އާންމުގެ މަގާމަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު (ބޯދިގޭ) ވަނީ ހޮވާފަ އެވެ.
ޑިމޮކްރެޓުންގެ ޕީޖީ ގްރޫޕުގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 11 މެންބަރުން ވަނީ ވޯޓު ދެވައިފައެވެ. ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕީޖީ ލީޑަރަކަށް ހޮވިވަޑައިގެންނެވި އަލީ އާޒިމަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު، އެ ޕާޓީގެ ޕީޖީ ލީޑަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މެންބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު