ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ގައުމީ މަޖިލިހާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވާ ފުރަތަމަ ބައްދަލުވުމެވެ. އެމްޑީޕީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ބައްދަލުވުމުގައި މިވަގުތަށް ހުރި މުހިއްމު މައްސަލަތަކާބެހޭގޮތުން މި ބައްދަލުވުމުގެ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

މި ބައްދަލުވުމަށްފަހު، ރައީސް ސޯލިހު ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ، ދެވަނަ ބުރުގެ ކެމްޕެއިން އަލުން ފަށައިގަތުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އިންތިހާބުގެ "ފުރަތަމަ ބުރުގައި ހުރި އިޝޫތައް ބަލައިފަ އެއަށް ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިކުރީ، މެންދުރުފަހު އަޅުގަނޑުމެންގެ އިތުރު މީޓިންތައް ދާނެ، އެއަށްފަހު ފުލްކޮށް އަޅުގަނޑުމެންގެ އެޖެންޑާ ކުރިއަށްދާނެ، އަޅުގަނޑުމެނަށް މި ހެދިފަ ހުރި މިސްޓޭކު ތަކާއި ރަނގަޅު ކުރަންހުރި ކަންތައްތައް ވަރަށް ސާފުކޮށް އެބަ އެނގޭ މިހާރު ވަރަށް އުއްމީދާއެކު،" ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ދިމާވާ ކަންތައްތައް މީގެކުރިންވެސް ރަނގަޅު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް "އެމަސައްކަތްތައް މިފަހަރު އަޅުގަނޑުމެންނަށް ކުރެވިފައިނެތީ، އޮގައިޒިންގައި ހުރި އިޝޫތަކެއް އުޅެނީ. އެކަން ހައްލުކުރަންވެގެން މި ވާހަކަ ދެއްކީ،" ކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރިކަން ތަކުރާރު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، "އޭގެ ތެރޭގައި ދާއިރާތައް މާބޮޑެތިކޮށް މީހުންނާ ހަވާލު ރެވިފައި ހުރީ އެ ކުޑަ ކޮށްފައި އެކިއެކި މީހުންނާ ވަކިވަކިން ރަށްރަށްތަކާއި އަތޮޅުތައް ހަވާލު ކުރަމުން ދަނީ،" ކަމަށެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި ކުރެވުނު މަސައްކަތްތައް މިފަހަރުވެސް ކުރެވުނު ކަމަށާއި، "ނަމަވެސް ފަހުން ނިންމާލަންހިފި ވަގުތުގައި އަޅުގަނޑުމެންނަ،ށް ފަހު ދެދުވަހު އަތްދަށުން ގޮސްފަހުރި ބައެއްކަންތައް ހުރީ،" ކަމަށްވެސް ވިދާޅުވިއެވެ.